ފުރަތަމަ މެޗުން މޮޅުވެ އިހަވަންދޫ ޓީމުން ފެށުން ރަނގަޅުކޮށްފި
މުޙައްމަދު އަކުރަމް
20 - ފެބްރުއަރީ - 2022
ގޯލްޑަން ފުޓްސަލް ޖެލެންޖްގައި އިހަވަންދޫ ޓީމުންކުޅުނު ފުރަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ. މިމެޗް އެޓީމުން ކާމިޔާބު ކޮށްފައިވަނީ ބާރަށާއި ވާދަކޮށް 3-2 ލަނޑުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ގޯލް ބާރަށު ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗްގެ ފުރަތަމަ ހާފްގެ 7 ވަނަ މިނެޓްގައި އެ ޓީމްގެ ޖާޖީ ނަންބަރު 7 އެވެ. ބާރަށު ޓީމްގެ ގޯލާއި އެކު އިހަވަންދޫ ޓީމުން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 15 ވަނަ މިނެޓްގައި ބާރަށު ޓީމްގެ އޭރިޔާގެ ތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުން އިހަވަންދޫ ޓީމްގެ ޖާޒީނަންބަރު 99 ޝާމިލް ލަނޑެއް ކާމިޔާބުކޮށް ސްކޯ ހަމަހަމަކުރިއެވެ.
އިހަވަންދޫ ޓީމްގެ ދެވަނަ ގޯލް ފެނިގެން ދިޔައީ މެޗްގެ ފަހުހާފުގެ ފުރަތަމަ މިނެޓްގައެވެ. މިގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމްގެ ފުރަތަމަ ގޯލް ކާމިޔާބުކުރި 99 ނަނަބަރު ޝާމިލްއެވެ. ނަމަވެސް ފަހުހާފްގެ މެދުތެރެއިން ބާރަށު ޓީމުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މިގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓިމްގެ ޖާޒީ ނަންބަރު 7 އެވެ.
މެޗްގެ އެންމެ ފަހުވަގުތު އިހަވަންދޫ ޓީމަށް 3 ވަނަ ގޯލް ޖަހައި މެޗް ކާމިޔާބުކޮށްދިނީ މެޗްގައި މޮޅަށްކުޅުނު އިހަވަންދޫ ޓީމްގެ ޖާޒީ ނަންބަރު 10 ހާމިދުއެވެ.
މެޗްގެ ފަހު މިނެޓް ތަކުގެ ތެރޭގައި ބާރަށު ޓީމަށްވަނީ 2 ޕެނަލްޓީވެސް ލިބިފައެވެ. ފުތަމަ ޕެނަލްޓީ އިހަވަންދޫޓީމްގެ ކީޕަރު ދިފާއުކުރިއިރު ދެވަނަ ޕެނަލްޓީ ދިއައީ ބޭރަށެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިހަވަންދޫ ޓީމްގެ ޖާޖީ ނަންބަރު 99 ޝާމިލްއެވެ.
ދެން މިމުބާރާތުގައި އިހަވަންދޫ ޓީމް ކުޅެންޖެހޭނީ ކެލާ އާއި ދެކޮޅަށެވެ. އެމެޗް އޮންނާނީ މިމަހުގެ 22 ވާ އަންގާރަ ދުވަހުގެރޭ 22:15 އެވެ.
ގުޅުން ހުރެދާނެ ލިޔުން
އުތީމް އަތުން ބަލިވެ އިހަވަންދޫއަށް މުބާރާތް ނިމިއްޖެ
28 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި
24 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ފިއްލަދޫ އަތްދަށުވެއްޖެ!
19 - ޖެނުއަރީ - 2024
މުރައިދޫ ބަލިކޮށް އިހަވަންދޫ މުބާރާތްފެށީ މޮޅަކުން
16 - ޖެނުއަރީ - 2024
ގޯލްޑެން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، މާރަންދޫ، ފިއްލަދޫ އަދި މުރައިދޫ އެއް ގްރޫޕަކަށް
25 - ޑިސެމްބަރު - 2023
ޕޮއިންޓަކާއިއެކު އިހަވަންދޫ ޓީމަށް މުބާރާތް ނިމިއްޖެ
11 - ފެބްރުއަރީ - 2023
ތަށި މިލްކްކުރަން ނުކުތް އިހަވަންދޫ ޓީމް ދެވަނަ މެޗުންވެސް ބަލިވެއްޖެ
8 - ފެބްރުއަރީ - 2023
ތަށި މިލްކްކުރަން ނުކުތް އިހަވަންދޫ ޓީމް ފުރަތަމަ މެޗުން ބަލިވެއްޖެ
6 - ފެބްރުއަރީ - 2023
ހއ އަތޮޅުގެ ތާޖުކޮޅު އިހަވަންދޫއިން ދިފާޢުކޮށްފި!
27 - ފެބްރުއަރީ - 2022
ހުރިހާ ވިސްނުމެއް ހުރީ ތާޖު ދިފާޢުކުރުން : އިހަވަންދޫގެ ކެޕްޓަން
27 - ފެބްރުއަރީ - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް