ބަނދަރު މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓު ރަށަށް ގެނެސްފި
ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް އިއްޔެގެ ވަގުތެއްގައި އިހަވަންދޫއަށް ގެނެސްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 59.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ.
މީގެ އިތުރުން 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 4,582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ބަނދަރުގައި ޕަސިންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށްދަނީ
16 - ޖުލައި - 2023
ބަނދަރު ގޮނޑިތަކުން ރައްޔިތުންނަށް އުފާވެރިކަމާއި ބަނދަރަށް ފުރިހަމަކަން
27 - އޮގަސްޓު - 2022
މޫސުން ގޯސްވެ ބަނދަރުގެ ބޭރުތޮށީގައި ޖަހާފައިހުރި ކާބުތަކުން ބައެއްވެއްޓިއްޖެ
2 - ޖުލައި - 2022
އިހަވަންދޫ ބަނދަރުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ
29 - އޭޕްރީލް - 2022
އިހަވަންދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ
4 - އޮކްޓޯބަރު - 2021
އިހަވަންދޫ ބަނދަރު މަސްރޫޢުގެ 35 އިންސައްތަ މަސައްކަތް ނިމިއްޖެ
11 - ޖެނުއަރީ - 2021
އިހަވަންދޫ ބަނދަރު މަސްރޫޢުގެ 24 އިންސައްތަ މަސައްކަތް ނިމިއްޖެ
28 - ސެޕްޓެމްބަރު - 2020
އެކްސްކެވޭޓަރަށް މައްސަލަ ދިމާވެ ބަނދަރުގެ މަސައްކަތް މަޑުޖެހިއްޖެ
7 - ޖޫން - 2020
ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށައިފި
4 - ޖޫން - 2020
ބަނދަރުގެ މަސައްކަތް މާދަމާ ފަށަނީ...
2 - ޖޫން - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް