ހުރިހާ ވިސްނުމެއް ހުރީ ތާޖު ދިފާޢުކުރުން : އިހަވަންދޫގެ ކެޕްޓަން
ގޯލްޑެން ފުޓްސަލް ޗެލެންޖް 2022 ގެ ފައިނަލް މެޗަށް ނުކުންނަ އިރު، ޒޯން ބުރުގެ ޖާގައެއް ކަށަވަރުވެފައި ވީ ނަމަވެސް ހުރިހާ ޓާގެޓެއް ހުރީ މިރޭގެ މެޗު ކާމިޔާބުކޮށް ހއ.އަތޮޅުގެ ތާޖު ދިފާޢުކުރަން ކަމަށް 2019 ވަނަ އަހަރުވެސް އިހަވަންދޫއަށް ތަށި އުފުއްލާލަދިން ކެޕްޓަން މުޙައްމަދު ފަޒީލު ބުނެފިއެވެ. އަދި މިރޭގެ މެޗުން މޮޅުވަން ޓީމު އޮތީ އެއް ރޫޙެއްގައި، އެއްވާނެއްގައި ކަމަށާއި 'ވިނިންގ ސްޕިރިޓް' ޓީމުގައި އެބައޮތް ކަމަށް އޭނާ ބުންޏެވެ.
އިހަވަންދޫގެ ކެޕްޓަން އިތުރަށް ބުނީ ޓީމު މިހާ ހިސާބަށް ދަތުރުކޮށްފައިވަނީ ސަޕޯޓަރުންގެ ވަރަށް ބޮޑު ތަރުހީބަކާއިއެކު ކަމަށާއި މިރޭގެ މެޗުންވެސް ފަޑުވުމެއް ނެތް ސަޕޯޓެއް ފެންނަން ބޭނުންވާ ކަމަށެވެ. އަދި ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުނީންސުރް ރަށުގެ ކުދި ބޮޑު އެންމެން ޓީމަށް ދެމުންދާ އެއްބާރުލުމާއި ތަރުހީބަށް އެނާ ޝުކުރު އަދާކުރިއެވެ. އަދި، ރަށުގައި ތިބެގެން ސޯޝަލް މީޑީއާގައި ދެމުންދާ ތަރުޙީބު ފާހަގަކޮށް، އެކަމުގެ ސަބަބުން ޓީމަށް އިތުރު ހިތްވަރަކާ، ދިރުމެއް ގެނެސްދޭކަމަށް އެނާ ބުންޏެވެ.
މިއަހަރުގެ އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗުގައި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ހަސަން ޝާމިލުއަށް މިރޭގެ މެޗުގައި ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ނުކުޅެވޭނެއެވެ.
އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން އިހަވަންދޫއިން ފައިނަލަށް ދަތުރު ކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކުއެވެ. ފައިނަލްގައި އިހަވަންދޫއާ ދެކޮޅަށް ކުޅޭނީ ވާދަވެރި ހޯރަފުއްޓެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 8:15 ގައި ރެހެނދި ދަނޑު 1 ގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އުތީމް އަތުން ބަލިވެ އިހަވަންދޫއަށް މުބާރާތް ނިމިއްޖެ
28 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި
24 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ފިއްލަދޫ އަތްދަށުވެއްޖެ!
19 - ޖެނުއަރީ - 2024
މުރައިދޫ ބަލިކޮށް އިހަވަންދޫ މުބާރާތްފެށީ މޮޅަކުން
16 - ޖެނުއަރީ - 2024
ގޯލްޑެން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، މާރަންދޫ، ފިއްލަދޫ އަދި މުރައިދޫ އެއް ގްރޫޕަކަށް
25 - ޑިސެމްބަރު - 2023
ޕޮއިންޓަކާއިއެކު އިހަވަންދޫ ޓީމަށް މުބާރާތް ނިމިއްޖެ
11 - ފެބްރުއަރީ - 2023
ތަށި މިލްކްކުރަން ނުކުތް އިހަވަންދޫ ޓީމް ދެވަނަ މެޗުންވެސް ބަލިވެއްޖެ
8 - ފެބްރުއަރީ - 2023
ތަށި މިލްކްކުރަން ނުކުތް އިހަވަންދޫ ޓީމް ފުރަތަމަ މެޗުން ބަލިވެއްޖެ
6 - ފެބްރުއަރީ - 2023
ހއ އަތޮޅުގެ ތާޖުކޮޅު އިހަވަންދޫއިން ދިފާޢުކޮށްފި!
27 - ފެބްރުއަރީ - 2022
ފަހަތުން އަރައި މުރައިދޫ ބަލިކޮށް އިހަވަންދޫއިން އަތޮޅު ފައިނަލަށް!
25 - ފެބްރުއަރީ - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް