ކައުންސިލުން ރައްޔިތުންނާ ބާއްދަލުކުރަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމަށް ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން ޢިއުލާނުކޮށްފައިވާގޮތުގައި އެބައްދަލުވުން އޮންނާނީ މިމަހުގެ 14 ވާ އަންގާރަ ދުވަހުގެ ރޭ 20:15 ގައި އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

އިހަވަންދޫ ކައުންސިލުން ޢިއުލާން ކޮށްފައިވާ ގޮތުގައި މިބައްދަލުވުމަކީ، މިއަހަރުގެ 3 ވަނަ ކުއާޓާގައި ކައުންސިލުން ހިންގި ޙާއްސަ ހަރަކާތްތަކާއި، ކުރިޔަށް ރޭވިފައިހުރި ހަރަކާތްތައް އަދި ކައުންސިލްގެ މުހިއްމު ނިންމުންތައް ރައްޔިތުންނާއި ހިއްސާކުރުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ.

އިހަވަންދޫ ކައުންސިލްގެ 3 ވަނަ އަދި 4 ވަނަ ދައުރުގެ ކައުންސިލުން، ލާމަރުކަޒީ ގާނޫނޫނުގެ 110 ވަނަ މާއްދާގައި ލާޒިމްކުރާ ރައްޔިތު ބައްދަލުވުންތައް ޤަވާއިދުން އަންނަނީ ބާއްވަމުންނެވެ. ނަމަވެސް އެބައްދަލުވުންތައްކަށް ރައްޔިތުންގެ ފަރާތުން ލިބިގެންދަނީ ފިނި ތަރުހީބެކެވެ.