އިހަވަންދޫ ކައުންސިލަށްލިބޭ އާމްދަނީގެ ތަފްސީލް އާންމުކުރަން ފަށައިފި

މުޙައްމަދު އަކުރަމް

ހއ އިހަވަންދޫ ކައުންސިލްގެ އާމްދަނީ އެކައުންޓަށްލިބޭ ފައިސާގެ ތަފްސީލް އާންމުކުރަންފަށައިފިއެވެ. އެގޮތުން މިދިއަ އޮކްޓޯބަރު މަހު ކައުންސިގެ އާމްދަނީ އެކައުންޓަށް ލިބުނު ފައިސާގެ ތަފްސީލް މިއަދުވަނީ އާންމުކޮށްފައެވެ.

އޮކްޓޯބަރުމަހު އިހަވަންދޫ ކައުންސިލަށް ޖުމްލަ އާމްދަނީގެ ގޮތުގައި 37914.25 (ތިރީސް ހަތްހާސް ނުވަސަތޭކަ ސާދަރުފިޔާ ފަންސަވީސް ލާރި) ލިބިފައިވާއިރު މިފައިސާ ލިބިފައިވަނީ މައިގަނޑު 6 ދާއިރާއަކުންނެވެ. ވިޔަފާރި ކުލީގެ ގޮތުގައި 1955ރ ލިބިފައިވާއިރު، ބިމުކުލީގެ ގޮތުގައި 11396.494 އަދި ކޮޓަރި/އިމާރާތުގެ ކުލީގެ ގޮތުގައި 10850ރ އަދި ފޯމް ވިއްކައިގެން 200ރ އަދި ނީލަން ކިޔައިގެން 3798ރ އަދި ރުއްގަހުގެ އަގަށް 3714.76ރ އަދި ޖޫރިމަނާގެ ގޮތުގައި 1000ރ ލިބިފައިވާއިރު ހިލޭ އެހީގެ ގޮތުގައިވެސް 5000ރ ލިބިފައިވެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވިގޮތުގައި، ކައުންސިލަށް މަހުންމަހަށް ލިބޭ އާމްދަނީގެ ތަފްސީލް އާނމުކުރަން ފެށީ، ވީހާވެސް ދެފުއްފެންނަ ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ދެއްވުމަށް ކަމުގައެވެ. އެބޭފުޅާ ވިދާޅުވީ ކުރިޔަށްއޮތް ތަނުގައިވެސް މަހުންމަހަށް ލިބޭ އާމްދަނީގެ ތަފްސީލް ހާމަކުރާނެކަމުގައެވެ.