އިހަވަންދޫ ރަމްޒުކޮށްދޭނޭ މޮނިއުމެންޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިލާނު ކޮށްފިއެވެ.
އިހަވަންދޫ ކައުންސިލުން ބުނެފައި ވަނީ މޮނިއުމެންޓު ފަރުމާ ކުރުމުގައި ރަށުގެ މަސައްކަތްތެރިކަމާއި އިސްލާމް ދީނާއި އިޖުތިމާއީ ގުޅުން އަދި ރަށުގެ އިޤްތިސާދާއި ތަޢުލީމު ރަމްޒު ކޮށްދޭން ވާނެ ކަމަށެވެ.
ހުށައަޅާ ފަރުމާތަކުން ދޭހަ ކޮށްދޭ ތަފްސީލު ތަކާއި އެކު އިހަވަންދޫ ކައުންސިލަށް ހުށައަޅަންޖެހޭ ސުންގަޑި އަކީ މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. އަދި އިހަވަންދޫ ކައުންސިލްގެ އީމެއިލް އަށް ވެސް ފަރުމާ ތައް ހުށައެޅޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. މޮނިއުމެންޓު ފަރުމާކޮށްގެއް 1 ވަނަ އަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.