މުހައްމާކަޕް އިމަގު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ދާއިރާގެ އިތްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ އާއި ގުޅިގެން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ އިން ) ބާއްވާ މުހައްމާ ކަޕް  އިމަގު ވޮލީމުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު އެޖަމިއްޔާއިން ހުޅުވާލައިފިއެވެ.

ޗެމްޕިއަން ޓީމަކަށް 20000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާ މިމުބާރާތަކީ ހއ. އިހަވަންދޫގެ ވޮލީ ކުޅޭ ހުރިހައި ފިރިހެން ވޮލީ ޓީމު ތަކަށާއި، ހއ. އަތޮޅުގެ ކުލަބު ޖަމިއްޔާ ތަކަށާއި ކައުންސިލް އިދާރާތަކާއި ހއ. އަތޮޅުގެ ރިސޯޓުތަކަށް ހުޅުވައިލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

އިމަގުން ބުނެފައިވަނީ، އިހަވަންދޫގެ ކޮންމެ ބޭފުޅަކަށްވެސް ޓީމެއް އެކުލަވާލައިގެން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށާއި ނަމަވެސް، އިހަވަންދޫގައި ރެޖިސްޓްރީވެ ހިންގާ އެއްވެސް ކުލަބު ޖަމާއަތެއްގެ ނަމުގައި މިމުބާރާތުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

މުބާރާތުގެ ރަނައަޕް ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމު ހުށައަޅާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 10 ނޮވެމްބަރު 2017 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އިމަގު ފޭސްބުކު ޕޭޖުން، މުބާރާތުގެ ޤަވާޢިދާއި  މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް އިމަގުން ވަނީ ހާމަ ކޮށްފައެވެ.

ނިމިދިޔަ އަހަރުގެ މުހައްމާ ކަޕު އިމަގު ވޮލީބޯޅަ މުބާރާތް، މުބާރާތުގެ ފައިނަލް މެޗުގައި ހޯރަފުށީ ޔޫތު ޑިވޮލޮޕްމަންޓް ސޮސައިޓީ (ހައިޑްސް) އާއި ބައްދަލުކޮށް ކާމިޔާބު ކޮށްފައި ވަނީ ކުޅިމަގު ޓީމެވެ.