އިހަވަންދޫގެ މަގުހަދަން އަދި ބަޔަކާ ހަވާލެއްނުކުރޭ
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާނަމަވެސް އަދި އެމަސައްކަތް އެއްވެސް ކުންފުންޏަކާ ހަވާލުކޮށްފައި ނުވާކަމަށް މިނިސްޓަރ ފޯރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފަރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި އިހަވަންދޫގެ މަގުހެދުން ހިމަނާފައިވާނަމަވެސް އަދި އެއްވެސް ކުންފުންޏަކާ އެމަސައްކަތް ހަވާލުނުކުރާ ކަމަށާއި އެކަން އޮތީ ޓެންޑަރިންގ މަރުހަލާގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަގުހެދުމުގެ މަސައްކަތް އޮތީ ޓެންޑަރ މަރުހަލާއޭ ދެންނެވިއަސް އެފަދަ މަސައްކަތް އެވޯޑްކުރަނީ ޑައިރެކްޓްކޮށް ސަރުކާރުގެ މަގުހަދާ ކުންފުނިތައް ކަމަށްވާ އެމްޓީސީސީ ނޫނީ ރޯޑް ކޯޕަރޭޝަނާއި ކަމަށެވެ.
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް 10.5 މިލިއަން ރުފިޔާ، 2022 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެއެވެ. އަލަށްފަށާ މަސްރޫއުއެއް ގޮތުގައި ހިމަނާފައިވާ، މިމަސްރޫޢު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުންނެވެ.
އެޖަލްސާގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުވަނީ އިހަވަންދޫ ހިއްކުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަން އަލުން ފެށޭނެ ތާރީހަކާއި ބެހޭގޮތުންވެސް މިނިސްޓަރާއި ސުވާލުކޮށްފައެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ މާކަ ލަސްތަކެއްނުވެ ހިއްކާ ނުނިމިވާ ބައި ހިއްކަން ފަށާނެކަމަށެވެ.
ހއ. އިހަވަންދޫ
މެމްބަރު ޝިފާޢު
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
އިހަވަންދޫ މަގުހެދުން
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
12 - ފެބްރުއަރީ - 2024
އިހަވަންދޫގެ ބިން ހިއްކުމުގެ ޝެޑިއުލް އަދި ނުލިބޭ – މިނިސްޓަރ އަސްލަމް
18 - މޭ - 2022
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބަޖެޓްގައި ހިމަނައިފި!
28 - ނޮވެމްބަރު - 2021
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
27 - ނޮވެމްބަރު - 2024
ފާޑުކިޔަން ފެށުމުން، ހިޔާވެހި ސްކީމްގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސް ދޫކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ ހިމަނައިފި.
25 - ނޮވެމްބަރު - 2024
ހިޔާވެހި ސްކީމްގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސް ދޫކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ ނުހިމެނޭ!
10 - ނޮވެމްބަރު - 2024
އިހަވަންދޫގައި 300 ހައުސިންގ ޔުނިޓް އަޅަނީ
17 - ޑިސެމްބަރު - 2023
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހަދަން އެމްޓީސީސީއަށް
17 - އޮގަސްޓު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް