އިހަވަންދޫ ކައުންސިލް މޮނިޓަރ ކޮށްފި

މުޙައްމަދު އަކުރަމް

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން، އިހަވަންދޫ ކަންސިލް އިދާރާ ހިނގާ ނުހިގޮތްބަލާ މޮނިޓަރ ކޮށްފިއެވެ. ލާމަރުކަޒީ ޤާނޫނުގެ އަށްވަނަ މާއްދާގެ ނޫނާއި ޒަވިޔަނީގެ ދަށުން އަތޮޅު ކައުންސިލަށް މަތިކޮށްފައިވާ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ ޒިންމާގެ ދަށުން އިހަވަންދޫ ކައުންސިލް ހިނގާނުހިގޮތްބަލާ މޮނިޓަރ ކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ ބޭނުމަކީ ލާމަރުކަޒީ ޤާނޫނުން ރަށު ކައުންސިލްތަކަށް ލާޒިމުކުރާ ކަންތައްތައް ތަންފީޒުކުރަމުންދާ މިންވަރު ބެލުމާއި ކައުންސިލްތަކުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތުގެ ފެންވަރު ދެނެގަތުމާއި އިދާރީގޮތުން ކައުންސިލްގެ މަސައްކަތް ކުރިއަށް ގެންދާގޮތް ބެލުމެވެ. އަދި އިދާރީ ހިންގުމުގައި ގެންނަންޖެހޭ އިސްލާހު ގެނައުމެވެ.

ރަށު ކައުންސިލްތައް މޮނިޓަރކުރުމުގެ މަސައްކަތް ކުރަނީ އަތޮޅު ކައުންސިލުން އެކުލަވާލާ ޓީމަކުންނެވެ. ކައުންސިލްތައް މޮނިޓަރ ކުރުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 8 ވަނަ މާއްދާގެ (ނ) އަދި (ޒ) ގައިވާ ގޮތުގެމަތިން ރަށު ކައުންސިލްތަކުގެ މަސައްކަތްތަކާއި، ޙަރަކާތްތައް ހިނގަމުންދަނީ ޤާނޫނު އަސާސީއާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތަށް ކައުންސިލްތައް ހިނގަމުން ގެންދޭތޯ ބެލުމެވެ. އެގޮތުން ފާއިތުވި 2022 ވަނަ އަހަރު ކައުންސިލްތަކުން ފޮނުވަންޖެހޭ ރިޕޯރޓްތައް ޤަވާޢިދުން ފޮނުވާތޯ ބެލުމާއި ފައިސާއާއި ޕްރޮކިއުމަންޓްގެ މަސައްކަތް ކުރަމުން ގެންގޮސްފައިވަނީ ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށްތޯ ބަލައި މޮނިޓަރ ކުރާނެއެވެ. ކައުންސިލްތައް މޮނިޓަރ ކުރުމަށްފަހު މޮނިޓަރިންގް ރިޕޯޓްތައް އާންމުކުރެއެވެ.