އާރްޑީސީގެ އެމްޑީއަކަށް އަލީ ޒުހެއިރު އައްޔަންކޮށްފި

.

ރޯޑް ޑޮވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހެއިރު އައްޔަން ކޮށްފިއެވެ.

ޑިފެންސްގެ ދާއިރާއިން މަތީތައުލީމް ހާސިލް ކުރައްވާފައިވާ ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް ޒުހެއިރު ވަނީ ސިފައިންގެ ވެލްފެއާ ކޮމްޕެނީގެ ޗެއާމަން ކަމާއި ކޮމާންޑިން އޮފިސާ އޮފް މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޮޕްސްގެ މަގާމު އަދާކުރައްވާފައެވެ. އެބޭފުޅާ ސިފައިންގެ ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ކޯސްޓްގާޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނަރަލް ގެ މަޤާމާއި، ސިފައިން ވެލްފައަރ ކޮމްޕެނީ (ސިވެކް)ގެ ޗެއަރމަނުގެ ގޮތުގައެވެ. އެބޭފުޅާ ރިޓަޔާކުރެއްވީ 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ސިފައިންގެއަށް ޚިދުމަތް ކުރެއްވުމަށް ޝަރަފުވެރިކަމާއެކުގައެވެ.

އަލީ ޒުހެއިރު އަކީ، ޕީޕީއެމް އިހަވަންދޫ ދާއިރާގެ ރައީސް އަޙްމަދު ނަސީރުގެ އާއިލީ ބޭފުޅެކެވެ.