ބައިނަލް އަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ހއ.އިހަވަންދޫގައި ހަމަހަމަ ހަވީރު ނަމުގައި ކުލަ ގަދަ ގޮތެއްގައި އެދުވަސް ފާހަގަ ކުރަން ތައްޔާރީތައް ވަމުން އެބަދެއެވެ.
އިހަވަންދޫ ކައުންސިލް މެންބަރު ރިޟްވާން ފާހަގަ ކުރިގޮތުގައި ރަށުފެންވަރުގައި ބޭއްވޭ މި ހަރަކާތް އިންތިޒާމް ކުރުމުގަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ކައުންސިލާ ފުލުހުން، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީއާ ފުލުންނާ ގުޅިގެން ހިންގާ ހަށިހެޔޮ ދުޅަހެޔޮ ހަރަކާތުގެ ބައިވެރިން އިސްވެ ހަރަކާތްތެރިވެ ރަށުގެ ސަރުކާރު މުއަށްސަސާތަކާ ކުލަބު ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ގެންދެވޭ މި ހަރަކާތުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަވެގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދުމާއެކު އެ ފަރާތްތަކަށް ޙާއްސަ ހަދިޔާ ޕެކު ތަކެއް ދިނުމަށް ނިންމާފަވެއެވެ.
އަދި ހަމަހަމަ ހަވީރާއެކު މުއަށްސަސާތަކުން ގިނަ ސުޓޯލްތަކެއް ބެހެއްޓިގެން ދެއެވެ. އަދި ހަވީރުގަ ބައިވެރިވާ ކުޑަކުދިންނަށް އަމާޒު ވެގެން ކޮންމެ ކުއްޖަކަށްވެސް ހަދިޔާ ދިނުން ކުރިއަށް ގެންދުމަށް ނިންމާފަވެއެވެ. މި ހަރަކާތަށް ރަށުގެ ވިޔަފާރިވެރިންނާ އިޖުތިމާއީ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަން ލިބިފައިވެއެވެ. އަދި އިތުރުން ސަޕްރައިޒް އިވެންޓެއްވެސް ބޭއްވުމަށް ނިންމާފައިވެއެވެ.
މިހަރަކާތް ކުރިޔަށްދާނީ (2 ޑިސެންބަރު) މާދަމާ ހަވީރު އިހަވަންދޫ ބަނދަރުމަތީގައެވެ. މި ފަދަ ކޮށްމެ ހަރަކާތެއްގަ ނަމުނާ ރަށެއްގެ ގޮތުގައި އިހަވަންދޫ ފާހަގަ ވަނީ ގުޅިގެން އިޖްތިމާއީ ރޫޙުގަ މަސައްކަތްކުރާ މުއަށްސަސާތަކާ ކުލަބު ޖަމިއްޔާ ޖަމާއަތްތަށް އަތުގުޅާލައިގެން އުޅޭ އަޙްވަންތަ ބައެއް ގޮތުގައެވެ.