އިސްމާއިލްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ބިދޭސީންގެ މުއްދަތު 3 ވަނަ ފަހަރަށް އިތުރުކޮށްފި

ޢަބުދުﷲ ޙަމީދު

16 ޖޫން 2017 ވަނަ ދުވަހު އިހަވަންދޫ އައިސް ޕުލާންޓު ތެރޭގައި ގިނަ ޒަހަމުތަކަކާއި އެކު މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް އުމަރު (54) ޅ. ހިންނަވަރު ގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ބިދޭސީންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި، އިސްމާއިލް އުމަރުގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވާ ހަ ބިދޭސީންގެ ބަންދުގެ މުއްދަތު ކުޅުދުއްފުށީ ކޯޓުން އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން އެ މީހުންގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހަފައެވެ.

އިސްމާއިލްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަދި އޭނާއާ އެކު އައިސް ޕްލާންޓްގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ޝުމޮން މިއާ ވަނީ އިސްމާއިލް މަރާލިކަމަށް އެއްބަސްވެފައި ކަމަށް ފުލުހުން ބުނެ އެވެ.