ޒުވާނުން މަސްވެރިކަމަށް ނެރުމަށް އިބްރާހިމް ރަޝީދު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަންކޮށްފި

މުޙައްމަދު އަކުރަމް

ޒުވާނުން ތަމްރީންކޮށް މަސްވެރިކަމަށް ނެރުމަށް ގިނަގުނަ ޙިދުމަތްތަކެއް ކޮށްދެއްވާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އިބްރާހީމް ރަޝީދު، ގުރަހަ، ހއ. އިހަވަންދޫއަށް ހަނދާނީ ފިލައެއް ދީފިއެވެ. އިބްރާހީމް ރަޝީދަށް އެފިލާ ދީފައިވަނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދަރުބާރު ގޭގައި ރޭ ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުންނާއި އެފަރާތްތައް މަސްވެރިކަމަށް ނެރުއްވުމަށް ރަށު ފެންވަރުގައި ހިންގާ ޕްރޮގްރާމްތައް ހިންގުމުގައި މާލީގޮތުންނާއި އަމަލީގޮތުން އެހީތެރިކަން އިބްރާހިމް ރަޝީދު ފޯރުކޮށްދީފައިވެއެވެ. އަދި އަމިއްލަޔަށް އިސްނަގައިގެން ރަށުގެ އެތައް ކެޔޮޅުންނެއް އިބްރާހިމް ރަޝީދުގެ މޭސްތިރިކަމުގެ ދަށުން ތަމްރީން ކޮށްފައިވެއެވެ.

ރޭގެ ހަފުލާގައި މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކޮށް އިނާމާއި ހަނދާނީ ފިލާ ދީފައިވެއެވެ. އިބްރާހިމް ރަޝީދަކީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް މިއަހަރު  ހާސިލްކޮށްފައިވާ ފަރާތެކެވެ.