ނޯތް ލީގުގައި ބައިވެރިވާ ހއ އަތޮޅުގެ ދެޓީމަށް އެހީވާން އަތޮޅުކައުންސިލުން ފާހެއްނުކުރި
މުޙައްމަދު އަކުރަމް
4 - ޖޫން - 2022
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ދިވެހި ޕްރިއާމް ލީގް ކޮލިފިކޭޝަންގެ ނޯރތް ލީގުގައި ހއ އަތޮޅުން ބައިވެރިވާ 2 ޓީމަށް ފައިސާގެއެހީ ދޭން ނުފެންނަކަމަށް ހއ. އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ.
ނޯރތް ލީގުގައި ހއ އަތޮޅުން ބައިވެރިވާ 2 ޓީމަށް އެހީތެރިވުމަށް އެކަން އަތޮޅު ކައުންސިލުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ، ހއ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަދި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވަނީ އެމައްސަލައަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެއީ އަތޮޅުކައުންސިލްގެ ކުޅިވަރު ބަޖެޓްގައިހުރި 75000ރ އިން ނޯރތް ލީގުގައި ހއ އަތޮޅުން ބައިވެރިވާ 2 ޓީމުންކުރެ ޓީމަކަށް 18,750ރ ގެ އެހީއެއް ދިނުމަށެވެ. އަބުދުﷲ ރަޝީދުގެ ހުށަހެޅުމަށް ތާއީދުކޮށް ވޯޓްދެއްވީ އަތޮޅު ކައުންސިލްގެ 2 މެމްބަރުންނެވެ. ވުމާއިއެކު އެހުށަހެޅުން ފާސްވާގޮތެއްނުވިއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު މިނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިފަދަ ހުށަހެޅުމެއް ހުށަހެޅީ މިއީ އަތޮޅު ތަމްސީލްކުރަން ނުކުންނަ ދެ ޓީމަށްފައި ޓީމްތަކުން ބޮޑުހޭދައެއް ހިނގާނޭ ކަމަކަށްވާތީކަމުގައެވެ. "އަތޮޅު ކައުންސިލްގެ ކުޅިވަރު ބަޖެޓްގައި އެބައޮތް 75،000ރ، އަޅުގަނޑު ހުށައެޅީ އެބަޖެޓްގެ ދެބައިކުޅަ އެއްބައި ހަރަދުކޮށްގެން ދެޓީމަށްވެސް އެހީތެރިކަމެއްދޭން. އަތޮޅު ކައުންސިލްގެ ކަލަންޑަރުގައި އެބައޮތް މުޅި އަތޮޅަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ހިންގަން. މިއުޅެނީ ރަށަކަށް ހުޅުވައިލާ މުބާރާތެއްވެސް ދޮޅުލައްކަ ރުފިޔާއިންވެސް ނުހިންގިގެން. 75،000ރ ގެ ދެބައިކުޅައެއްބައި މިކަމަށް ހަރަދުކުރިނަމަ އަތޮޅު ކައުންސިލަށްވެސް ކަމެއް ކޮށްދެވުނީތާ" އަބުދުﷲ ރަޝީދު ތަފްސީލްކޮށްދެއްވިއެވެ.
އެފްއޭ މޯލްޑިވެސް ނޯތް ލީގްގައި ބައިވެރިވެފައިވަނީ 16 ޓީމެކެވެ. 16 ޓީމް ހަތަރު ގްރޫޕަކަށް ބަހާލިއިރު ހއ އަތޮޅުން މިމުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމާއި އިހަވަންދޫ ޓީމް ހިމެނިފައިވަނީ ގްރޫޕް އޭ ގައެވެ. މި ދެ ޓީމްގެ އިތުރުން އެގްރޫޕްގައި ހިމެނެނީ ހަނިމާދޫ، ނެއްލައިދޫ އަދި ކުޅުދޫފުއްޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރޫޕްގެ އޭ ގެ މެޗްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިއްދޫ އަދި ހަނިމާދޫގައައި މިމަހުގެ 12 އިން 30 ވަނަދުވަށެވެ. ކޮންމެ ގްރޫޕެއްވެސް 2 ރައުންޑް ކުޅުމަށް ހަމަޖެހިފައިވާއިރު ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެއް ދެވަނަ ރައުންޑަށް ދަތުރުކުރާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2024 - އިހަވަންދޫ ފައިނަލަށް
9 - ނޮވެމްބަރު - 2024
މަދީހްއަށް މިރޭ ކުޅެވޭނެ – އެސިސްޓެންޓް ކޯޗް ހަމްމާޒް
9 - ނޮވެމްބަރު - 2024
އިހަވަންދޫ ޓީމް މުބާރާތް ނިންމައިލީ މޮޅަކުން!
6 - ނޮވެމްބަރު - 2023
ދިއްދޫ އަތުން ބަލިވެ އިހަވަންދޫ ޓީމް ކަޓައިފި
4 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫ
26 - ނޮވެމްބަރު - 2022
ހއ އަތޮޅު ޤުރުއާން މުބާރާތުން އެއްވަނަ ދިއްދޫ، ދެވަނަ ކެލާ ތިންވަނަ އިހަވަންދޫ އަށް
25 - ސެޕްޓެމްބަރު - 2022
ދިއްދޫއާ ކުޅުދުއްފުށި އެއްވަނަ ޑިވިޝަނަށް
1 - ޖުލައި - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް