Banner Image Description

އިމަގު ރަސްމުކުރިޔާ 1438: ޖެހިޖެހިގެން 3 ވަނަ ފަހަރަށް ރައުލާ މުބާރާތް ކާމިޔާބުކޮށްފި

އިބްރާހިމް ނަޝީދު

އިމަގު ރަސްމުކުރިޔާ 1438 އިން 1 ވަނަ ހޯދައި ޖެހިޖެހިގެން 3 ވަނަ ފަހަރަށް ހއ. އިހަވަންދޫ ރިހިދޯދި، މަރްޔަމް ރައުލާ އިމަގު ރަސްމުކުރިޔާ މުބާރާތް ކާމިޔާބުކޮށްފި އެވެ.

މުބާރާތުގެ 2 ވަނަ ހއ. އިހަވަންދޫ އަމާޒް، އިބްރާހީމް އައުސް ހޯދިއިރު 3 ވަނަ ހޯދީ ހއ. އިހަވަންދޫ ރޯޝަނީގެ، މުޙައްމަދު ޔޫނުސް ޢަބްދުﷲ އެވެ.

އިމަގު ރަސްމުކުރިޔާ 1438 ގެ 1 ވަނަ އަށް 5000 ރުފިޔާ، 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމު އިމަގުންވަނީ ހުށަހަޅާފައެވެ.

ރަސްމުކުރިޔާ މުބާރަތަކީ 1436 ވަނަ އަހަރުން ފެށިގެން، އެކިބުރުތަކަށް ބަހާލައިގެން އިމަގުން ކުރިޔަށްގެންދާ ޤުރްއާން ކިޔެވުމުގެ މުބާރާތެކެވެ. މި މުބާރާތުން ފުރުޞަތު ލިބެނީ އަލްމަރުޙޫމް ޙުސައިން ޒުހައިރުގެ ހަނދާނުގައި، ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު އިމަގުން ކުރިޔަށްގެންދާ ޤުރްއާން ކިޔެވުމުގެ މުބާރާތުން އެންމެ މޮޅު ބައިވެރިންނަށެވެ.