މޫސުން ތަންނުދިނުމުގެ ސަބަބުން ފިތުރުޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގަ

ޢަބުދުﷲ ޙަމީދު

އިހަވަންދޫގައި މިއަހަރުގެ ފިތުރު ޢީދުނަމާދު އެއްޖަމާއަތެއްގައި ކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމާފައި ވީނަމަވެސް، މޫސުން ތަން ނުދޭތީ ޢީދުނަމާދު ކުރުން އޮންނާނީ ހުކުރުނަމާދު ކުރާ 4 މިސްކިތުގައި ކަމަށް އިހަވަންދޫ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.

މާދަމާ  (25 ޖޫން 2017) އަކީ ފިތުރު އީދު ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިރޭ ވަނީ ކަނޑައަޅައިފައެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިހަވަންދޫއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މޫސުން ލަފާކުރާގޮތުގައި މާދަމާވެސް އިހަވަންދޫއަށް ވިއްސާރަ ކުރާނެއެވެ.

އިހަވަންދޫ ކައުންސިލުން މިރޭ ބުނެފައި ވަނީ އިހަވަންދޫގައި ފިތުރުޢީދު ނަމާދު ކުރުން އޮންނާނީ އިހަވަންދޫގައި ހުކުރުނަމާދު ކުރާ 4 މިސްކިތުގައި ކަމަށާއި މިމިސްކިތްތަކުގައި ދެޖެންސުގެ ބޭފުޅުންނަށްވެސް ނަމާދު ކުރެވޭނޭ ގޮތަށް އިންތިޒާމު ކުރެވިފައިވާނޭ ކަމަށެވެ.