އިހަވަންދޫން ފިތުރުޒަކާތުގެ ގޮތުގައި 64548 ރުފިޔާ ބަލައިގެންފި

ޢަބުދުﷲ ޙަމީދު

ރަމްޝާން މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި ދެއްކި 64548 ރުފިޔާ 4 ލާރި، އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ބަލައިގެންފައި ވާކަމަށް އިހަވަންދޫ ކައުންސިލުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހާއި  ހަމައަށް އިހަވަންދޫ އިން 3045 މީހުންގެ މަތިން 64548 ރުފިޔާ 4 ލާރި،  ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައި ވާއިރު، އިސްލާމިކު މިނިސްޓުރީން ފަގީރުންގެ ފައިނަލް ލިސްޓު ލިބުނުހާ އަވަހަކަށް  ފަގީރުންނަށް ބަހަން ފަށާނެ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.