ނަސީރު ޕީޕީއެމް ކައުންސިލަށް ކުރިމަތިލުމުން އެންމެ ވޯޓެއްވެސް ނުލިބުނު
ޕީޕީއެމް ކައުންސިލްގެ ހުސްވެފައިވާ 12 ގޮނޑިއަށް މީހުން އިންތިހާބުކުރުމަށް ބޭއްވި އިންތިހާބުގައި، ޕީޕީއެމް ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލެއްވި، ހއ. އިހަވަންދޫ ރަށްމެދުގެ، އަހްމަދު ނަޞީރަށް އެއްވެސް ވޯޓެއް ލިބިފައިނުވާކަން އެނގިއްޖެއެވެ. ޖުމުލަ 74 މީހަކު ކުރިމަތިލާފައިވާ މިއިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބިގެންވާ 63 ކައުންސިލް މެމްބަރުންގެ ތެރެއިން 51 މެމްބަރަކު ބައިވެރިވެ ވޯޓް ލާފައިވެއެވެ.
ނަސީރަކީ އިހަވަންދޫގައި ޕީޕީއެމްއިން ހިންގާ ހަރަކާތްތަކުގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތެކެވެ. 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި ނަސީރު ވާދަކޮށްފައިވެއެވެ.
ޕީޕީއެމް އޮފީހުގައި 18 ޖޫންގައި ކުރިއަށް ދިޔަ އިންތިހާބުގައި ޖުމްލަ 17 މެންބަރުން އިންތިހާބު ކޮށްފައިވެ އެވެ. އެއީ އެ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑީގެ އިތުރުން އެ ޕާޓީގެ އަސާސީ ގަވައިދަށް އެންމެ ފަހުން ގެނެވުނު ބަދަލާއެކު ކައުންސިލަށް އަލަށް ހޮވަން ނިންމި 10 މެންބަރުންނާއި އަންހެނުންނަށް ހާއްސަކޮށްގެން ހޮވާ ފަސް ގޮނޑި އެވެ. ކައުންސިލަށް އަލަށް ހޮވި 17 މެންބަރުން ހޮވާފައިވަނީ، ޕާޓީގެ ކައުންސިލްގައި މިހާރު ތިބި މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ސަރުކާރުން މަސްވެރިންނަށްވީ އެއްވެސް ވައުދެއް ނުފުއްދާ – ސޮބާޙް
6 - ސެޕްޓެމްބަރު - 2023
ދިގުފަރު ހިއްކާ އިހަވަންދޫއާ ގުޅާލާނަން: މުއިއްޒު
14 - އޮގަސްޓު - 2023
މުއިއްޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
12 - އޮގަސްޓު - 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވަޑައިގެންފި
19 - ޖުލައި - 2023
ޕީޕީއެމް ފަހަތަށް ޖައްސާލައި އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
9 - މޭ - 2023
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
ރިޕޯޓް: ސްލޮއީ ކާކު؟ ޔާމީންތަ ނޫނީ އިބޫތަ؟
17 - ނޮވެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް