ސިލްސިލާއިން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް

ޢަބުދުﷲ ޙަމީދު

ފޮއްޗާއި އެހެނިހެން ބައެއްތަކެތި ވިއްކުމަށް ވަރަށް ފަހުން އިހަވަންދުއަށް މަޝްހޫރުވެފައިވާ ސިލްސިލާއިން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މާދަމާ ފަށާނެކަމަށް އެ ފިހާރައިން ބުނެފިއެވެ.

[AD]

މި ނޫހަށް މައުލޫމާތުދެއްވަމުން ސިލްސިލާގެ ވެރިޔާ މޫސާ ޒާހިރު ވިދާޅުވީ، މާދަމާއިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަންގައި ފޮތީގެ އިތުރުން ޝޯލްއާއި ބުރުގާއިންވެސް ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެކަމަށެވެ.

އިތުރަށް ތަފްސީލް ދެއްވަމުން މޫސާ ޒާހިރު ވިދާޅުވީ ކުރިން ދެންނެވުނު ބާވަތްތައް ހިމެނޭގޮތުން 499ރ އާ ހަމައަށް ކުރެވޭ ކޮންމެ ވިޔަފާރިއަކަށް 7 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާއިރު، 500ރ އިން 999ރ އާ ދެމެދުގެ ކޮންމެ ވިޔަފާރިއަކަށް 10 އިންސައްތަ އަދި 1000ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެން ދާނެކަމަށެވެ. އޭގެ އިތުރުން، 2000ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް 15 އިންސައްތައިގެ ޑިސްކައުންޓް ލިބުމުގެ އިތުރުން ރަނގަޅު ހަދިޔާއެއްވެސް ދޭން ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ އިހަވަންދޫގެ ރައްޔިތުންނަށް ރާއްޖޭން ލިބޭނެ އެންމެ ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުން. އެކަން އެގޮތުގައި ދެމެހެއްޓުމަށް އަޅުންގަނޑުމެން މިދަނީ ކެނޑިނޭޅި މަސައްކަތްކުރަމުން.” މޫސާ ޒާހިރު ވިދާޅުވިއެވެ.

ސިލްސިލާއަކީ މީގެ 2 މަސްކުރިން އިހަވަންދޫގައި ހުޅުވި ފިހާރައެކެވެ. އެތަނުން ފޮތީގެ އިތުރުން ފޮއްޗާ ގުޅުންހުރި އެހެނިހެން ބާވަތްތަކާއި ބޭނުންތެރި ގިނަ ސާމާނު ހެޔޮއަގުގައި ލިބެން ހުރެއެވެ. އޭގެ އިތުރުން، ސިލްސިލާއިން ގެންދަނީ ކުޅުދުއްފުށްޓަށާއި މާލެއަށް ތަކެތި ޑެލިވަރ ކޮށްދިނުމުގެ ޚިދުމަތް ހިލޭ ފޯރުކޮށްދެމުންނެވެ.

މި ފިހާރަ ހިންގަނީ ކުރިން ހޯހޯ ހިންގި އިމާރާތުގައެވެ.