އަލަށް ހޮވުނު ކައުންސިލަރުން ހުވާކޮށްފި

ޢަބުދުﷲ ޙަމީދު

މޭ 6 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލްގެ މެމްބަރުކަމަށް ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ކައުންސިލަރުން ހުވާކޮށް މަޤާމާ ހަވާލުވެއްޖެއެވެ.

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ މެމްބަރުން ހުވާކުރެއްވުމަށް މިއަދު ހެނދުނު 11:00 ގައި އިހަވަންދޫ ސްކޫލު ހޯލުގައި ބޭއްވުނު ދަރުބާރުބާރުގައި ކައުންސިލަރުންނަށް އިސްވެ ހުވާ ލާދެއްވީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ޣާޒީ މޫސާ އިބްރާހީމެވެ. ހުވާކުރެއްވުމަށްހަފު އަލަށް ހޮވުނު ކައުންސިލަރުންވަނީ ހުވާގެ އިޤުރާރުގައި ސޮއި ކުރައްވާފައެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލްގެ 5 ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އެގޮތުން އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރަށް އިންތިހާބުވެފައިވާ ބޭފުޅުންނަކީ އަލްފާޟިލް ޢަބްދުﷲ ހަލީލް، އަލްފާޟިލް އަޙްމަދު ރިޟްވާން، އަލްފާޟިލް މުޙައްމަދު ރަޝީދު، އަލްފާޟިލް ޢަލީ ރަމީޒު އަދި އަލްފާޟިލް މުޙައްމަދު މަފާޒު އެވެ.