ރަމަޟާންމަސް އިހުޔާކުރުމުގެ ޤުރްއާން މުބާރާތް ސްކޫލް ދަރިވަރުންނަށް

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މި ރަމަޟާންމަހު އެސްކޫލުން ބާއްވާ ރަމަޟާންމަސް އިހުޔާކުރުމުގެ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ރަސްމީ ދުވަސްތަކުގައި ހެނދުނު 10:00  އިން 14:00 އަށް ސްކޫލު އޮފީހުގައި ކުރިޔަށްދާއިރު މުބާރާތުގައި ބައިވެރިވެވޭ އެންމެ ފަހު ތާރީޚަކީ ޖޫން މަހުގެ 5 ވާ ހޯމަ ދުވަހެވެ.

އިހަވަންދޫ ސްކޫލުން މި އަހަރު ތަޢާރަފުކުރި މި މުބާރާތަކީ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަކުގައި ޤުރުއާން ކިޔެވުމަށް ދަރިވަރުންނަށް ބާރުއަޅައި އެކަމަށް މަގުފަހިކުރުމަށް ޓަކައި ކުރިއަށްގެންދާ މުބާރާތެކެވެ.

ޖޫން 9-10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް އިނާމު ހުށަހެށަޅުމުގެ ފުރުޞަތު އާއްމުކޮށްވަނީ ހުޅުވާލައިފައެވެ. ފޮތުން ކިޔެވުމާއި ހިތުން ކިޔެވުން ހިމެނޭ މި މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ދަރިވަރު އަދި މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ދަރިވަރު ހޮވާގޮތަށްވަނީ ހަމަޖެހިފައެވެ.