އިހަވަންދޫ ރަށުކައުންސިލްގެ 5 ގޮނޑި އެމްޑީޕީން ކަށަވަރު ކޮށްފި

ޢަބުދުﷲ ޙަމީދު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ، މިހާތަނަށް ސާފުކުރެވިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިހަވަންދޫ ރަށުކައުންސިލްގެ 5 ގޮނޑި އެމްޑީޕީން ކަށަވަރު ކޮށްފިއެވެ.

އިހަވަންދޫގައި ބެހެއްޓި 2 ވޯޓު ފޮއްޓާއި މާލޭގައި، އިހަވަންދޫ ރައްޔިތުން ވޯޓު ލުމަށް ބެހެއްޓި ފޮށީގެ ނަތީޖާ ސާފުވެފައިވާއިރު، އެމްޑީޕީން އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓާއި ޕީޕީއެމްގެ އެންމެ ގިނައިން ވޯޓު ލިބުނު ކެންޑީޑޭޓާއި ދެމެދު 117 ވޯޓުގެ ފަރަގު އެބަހުއްޓެވެ. ބާކީ ހުރި ވޯޓު ފޮށިތަކުން މިވަރުގެ ތަފާތު ބޮޑު ނަތީޖާ އެއް ނުގެނެވޭނެ ކަމަށް ޤަބޫލު ކުރެވެއެވެ.