އިމަގު ކައުންސިލް ބަހުސް ބޭއްވުމާއި މެދު އާއްމުންގެ ހިޔާލު ހޯދަނީ

ޢަބުދުﷲ ޙަމީދު

ކުރިއަށްއޮތް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން އިހަވަންދޫ މަސްވެރިންގެ ގުޅުމުން ކައުންސިލް ބަހުސް އެއް ބޭއްވުމަށް ފެނޭތޯ ބެލުމަށް އާއްމުންގެ ހިޔާލު ހޯދަމުން އެބަދެއެވެ.

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ރަސްމީ ފޭސްބުކު ޕޭޖުގައި ރޭ ހުޅުވާލި ޕޯލް ދެދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވާއިރު، އެ ޕޭޖު ގައިވާ ޕޯލް އަށް ވޯޓު ލުމަށް އިމަގުން ވަނީ އެދިފައެވެ. އިމަގުން އިތުރަށް ބުނެފައިވާ ގޮތުން ކައުންސިލް ބަހުސް އެއް ބާއްވާނީ އެ ޕޯސްޓް ތަކަށް ލިބޭ ތަރުހީބަށް ބެލުމަށްފަހު، އިމަގު ޖަމިއްޔާގެ މެނޭޖުމަންޓުންނެވެ.

އިމަގު ޖަމިއްޔާ އިން ވަނީ އެންމެ ފަހުން ބޭއްވުނު ކައުންސިލް އިންތިހާބާ ދިމާކޮށްވެސް ކައުންސިލް ބަހުސް އެއް ބާއްވާފަ އެވެ. އެފަހަރުގެ ކައުންސިލް ބަހުސް އަށް ރައްޔިތުންގެ ވަރަށްބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.