ދަރުމަވެރިންގެ މަސައްކަތު ބައްދަލުވުން ފެށިގެން ކުރިއަށް އެބަދޭ

އިބްރާހިމް ނަޝީދު

އ. އިހަވަންދޫގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކެއަރ ސޮސައިޓީއާއި ގުޅިގެން އިމަގު ޖަމިއްޔާ މެދުވެރިކޮށް ހިންގުމަށް ހަމަޖެހިފައިވާ އައުޓުރީޗް ޕްރޮގުރާމަށް ބޭނުންވާ ޓުރެއިނަރުންގެ މަސައްކަތު ބައްދަލުވުން ފެށިގެން ކުރިއަށް އެބަދެއެވެ.

ޓްރެއިނިންގ އޮފް ޓުރެއިނަރސްގެ ނަމުގައި އިމަގު ޖަމިއްޔާގައި ކުރިއަށްގެންދާ މަސައްކަތުބައްދަކުވުމުގައި ޖުމުލަ 19 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ކެއަރ ސޮސައިޓީ އިން ވަނީ ހާމަކޮށްފައެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް މި މަސައްކަތު ބައްދަލުވުން ކުރިއަށްދާނެ ކަމަށް ކެއަރ ސޮސައިޓީން ހާމަކުރެއެވެ.

ކެއަރ ސޮސައިޓީ އަދި އިމަގު ޖަމިއްޔާއިން ކުރިން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން މިމަސައްކަތު ބައްދަލުވުން ފުރިހަމަކުރުމަށްފަހު، ބައިވެރިން 2 އަހަރު ދުވަހުގެ އައުޓްރީޗް ޕްރޮގުރާމުގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ.