އިހަވަންދޫ އިންޖީނުގެއަށް އައު ޖަނަރޭޓަރެއް ގެނެސްފި

މުޙައްމަދު އަކުރަމް

ފެނަކައިން އިހަވަންދޫގައި ހިންގާ އިންޖީނުގެއަށް އައު ޖަނަރޭޓަރެއް ގެނެސްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިފަހަރު ގެނައީ 600 ކިލޯވޯޓްގެ ޖަނަރޭޓަރެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަލަށްގެނަ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރެވޭނީ ބައެއްކަހަލަ ސާމާނާއި ފަންނީ މީހުން ގެނެސްގެންނެވެ.

އިހަވަންދޫގައި ފެނަކައިން ހިންގާ އިންޖީނުގެއަށް އެންމެފަހުން ޖަނަރޭޓަރެއް ގެނެސްފައިވަނީ 2014 ވަނައަހަރުއެވެ. އެފަހަރު ގެނެސްފައިވަނީ 350 ކިލޯވޯޓްގެ ޖަނަރޭޓަކެވެ.

އިހަވަންދޫއަށް އައު ޖަނަރޭޓަރެއް ގެނައުމާއި ގުޅިގެން، ކައުންސިލަރު މަހައްމަދު ރަޝީދު (މުންޒިރު މޯޑް) ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި ވޭތުވެދިޔަ 3 އަހަރު އިހަވަންދޫގެ ރައްޔިތުންނަށް ތާފުތުގިނަ ފައިދާވެފައިވާކަމަށާއި، މިހާރުލިބެނީ ހަޤީގީތައްޤީގެ މީރު ރަހަ ކަމުގައެވެ.