ހއ ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި، “ރަންއަޑު” ޤުރުއާން މުބާރާތުގެ އެއްވަނަ ޔައިޝާ ޔާސިރު އިބްރާހިމް/ ދޭލިޔާގެ، ހއ. އިހަވަންދޫ ހޯދައިފިއެވެ.
މިމުބާރާތުން އެއްވަނައަށް ދިއުމުން ޔައިޝާއަށްވަނީ 30000ރ ގެއިތުރުން ލެޕްޓޮޕަކާއި ރަން ތާޖް އަދި ޓްރޮފީ ދީފައެވެ.
މިމަހުގެ 22 އިން 23 އަށް ހއ އަތޮޅު މަދަރުސާގެ ހޯލްގައި ކުރިޔަށްދިޔަ މިމުބާރާތަކީ، ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެން ކުރިޔަށްގެންދިޔަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ، މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ބޭއްވުނު އޮޑިޝަންގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ހޮވުނު 25 ދަރިވަރުންގެ މެދުގައެވެ.
މިއަހަރު، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންނަށާއި، ހއ އަތޮޅުގެ ސްކޫލް މަދަރުސާތަކަށް ބޭއްވި ކީރިތި ޤުރްއާން ކިޔެވުމުގެ ހއ.އަތޮޅު “ރަންތާޖު” ޤުރްއާން މުބާރާތުން ޔައިޝާ ޔާސިރު އިބްރާހިމް ވަނީ އެއްވަނަ ހޯދާފައެވެ. އަދި މީގެއިތުރުން އިހަވަންދިއްޕޮޅު ރަސްތަރި 2022 އަށް ހޮވުނީވެސް ޔައިޝާއެވެ.