އެމްޑީޕީ އިހަވަންދޫ ދާއިރާގެ ޓިކެޓު އާރިފް އަށް

މުޙައްމަދު އަކުރަމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ހއ.އިހަވަންދޫ، ނެދުންގޭ މުހައްމަދު އާރިފްއަށް ލިބިއްޖެއެވެ. ޕްރައިމެރީއަކާއިނުލާ އާރިފްއަށް ޓިކެޓް ލިބުނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވައިލި ފުރުސަތު މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަމަވިއިރު، އިހަވަންދޫ ދާއިރާގެ ޓިކެޓަށް ކުރިމަތިލާފައިވާނީ އާރިފް އެކަނި ކަމަށްވާތީއެވެ.

އާރިފްވަނީ ނިމިދިޔަ ސަރުކާރުގެ، ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަޤާމް އަދާކުރައްވާފައެވެ. އޭރުގެ ސަރުކާރުން ހިންގި ގެދޮރުވެރި ސްކީމް ތަކުގެ މަސައްކަތުގައި އާރިފްވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.  20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެއް ކެންޑިޑޭޓުން ކުރިމަތިލީ 36 ދާއިރާއެއް އެމްޑީޕީ އިން މިއަދުވަނީ އިއުލާންކޮށްފައެވެ.