ކުޑަކުދިންގެ ޕާކުގައި އިމާރާތް ކޮށްފައިވާ ކެފޭ ކުއްޔަށްހިފާނެ ބަޔަކު ހޯދަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ކުޑަކުދިންގެ ޕާކުގައި އިމާރާތް ކޮށްފައިވާ ކެފޭ، ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އިހަވަންދޫ ކައުންސިލުން އިއުލާންކޮށްފިއެވެ. މިކަމާއި ގުޅިގެން މިމަހު 4 ގައި އިހަވަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނުގައިވަނީ އެ އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 އަށް އިހަވަންދޫ ކައުންސިލަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުމަށެވެ.

ކުޑަކުދިންގެ ޕާކުގައި އިމާރާތް ކޮށްފައިވާ ކެފޭ ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމާފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. 361 އަކަ ފޫޓްގެ އެއިމާރާތް ކުއްޔަށް ހިފަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ 3000ރ އެވެ.

އިހަވަންދޫ ކުޑަކުދިންގެ ޕާކުގައި އިމާރާތްކޮށްފައިވާ ކެފޭ އިމާރާތްކޮށްފައިވަނީ ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްގެންނެވެ. އެމަސައްކަތް އެކުންފުނިން ކޮށްފައިވަނީ 453880 (ހަތަރު ލައްކަ ފަންސާސް ތިންހާސް އަށްސަތޭކަ އަށްޑިހަ އަށް) ރުފިޔާގެ އަގަކަށެވެ.