މިއަހަރުގެ ޣާޒީ ކަޕްގައި ބައިވެރިވީ ޖަންގަލް، އެންވީކޭ، ސެންސިޓީ އަދި ކްލަބް އިރަމާ

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއިން ކުރިޔަށްގެންދާ ޣާޒީ ކަޕްގައި 4 ޓީމެއް ބައިވެރިވެއްޖެއެވެ. މިއަހަރުގެ ޣާޒީ ކަޕްގައި ބައިވެރިވެފައިވަނީ ޖަންގަލް، އެންވީކޭ، ސެންސިޓީ އަދި ކްލަބް އިރަމާއެވެ.

މިއީ މިދިޔަ އަހަރުގެ މުބާރާތުގައިވެސް ބައިވެރިވި ޓީމްތަކެއް ކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރު ބޭއްވި ފުރަތަމަ ޣާޒީ ކަޕްގައި 6 ޓީމަކުން ބައިވެރިވިއެވެ. އެމުބާރާތުގައި ބައިވެރިވެ މިއަހަރުގެ މުބާރާތުގައި ބައިވެރިނުވަނީ އެފްސީ ބޮޑުމަގު އަދި ކުޅިމަގު ޓީމެވެ. މިދިޔަ އަހަރު ބޭއްވި ފުރަތަމަ ޣާޒީ ކަޕްގެ ޗެމްޕިއަން ޓީމަކީ ޖަންގަލްއެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އެންވީކޭގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.

މިއަހަރުގެ ޣާޒީ ކަޕްގެ ފައިސާގެ އިނާމު ވަނީ ބޮޑުކޮށްފައެވެ. މިދިޔައަރުގެ  ޗެމްޕިއަން ޓީމަށް 10،000ރ ދިންއިރު މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އަދި 2 ވަނައަށް ދާ ޓީމަކަށް 5000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. މިއަހަރުގެ ޣާޒީ ކަޕް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

އިމަގު ޣާޒީ ކަޕަކީ އިހަވަންދޫގައި ކުރިޔަށް ގެންދާ ހަމައެކަނި އިލަވަން ސައިޑް ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތަކީ އިހަވަންދޫގައި ފުޓްބޯޅަކުޅޭ ޓިމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.