Banner Image Description

ކާވިޔާ ބޯޓު ފަރަށް އަރައިފި

އިބްރާހިމް ނަޝީދު

އިއްޔެ މެންދުރު 1:15 ގައި އިހަވަންދޫން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ އިހަވަންދޫ ކާވިޔާ ބޯޓު ރޭ ފަތިހު ފަރަށް އަރައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޒިޔާރަތް ފުއްޓާ ކައިރި ފަރަކަށް ބޯޓު އެރުމާއެކު ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ބައެއް ފަސިންޖަރުން ވަނީ މާލެ ގެންގޮސްފަ އެވެ. އަދި ބައެއް ފަސިންޖަރުން ފަޔަރ އެންޑް ރެސްކިއު އަދި ކައިރި ރިސޯޓުތަކުގެ ލޯންޗު ފަހަރުގެ އެހީގައި މަޑިވަރާއި ޒިޔާރަތް ފުއްޓަށް ވަނީ ގެންގޮސްފަ އެވެ.

ފަރުގެ މެދަކާ ހަމައަށް ބޯޓު އަރާފައިވީނަމަވެސް ބޯޓަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް މައުލޫމާތު ލިބެއެވެ. ބޯޓުގެ ހުރި ފަސިންޖަރަކު އިހަވަންދޫޑޮޓްކޮމް އާ ވާހަކަ ދައްކަމުން ބުނީ ބޯޓު ފުންކުރުމަށް ކޮޅުވެއްޓިޔަކުން ކުރި މަސައްކަތް ކާމީޔާބު ނުވުމުން ދިޔަވަރު ބޮޑުވަންދެން މަޑު ކޮށްގެން ތިބީ ކަމަށެވެ.