ރިޝްފާން ޔޫތް އެސޯސިއޭޓްގެ މަގާމަށް އައްޔަންކޮށްފި

.

ހއ. އިހަވަންދޫ ބިޖިލީގޭ މުހައްމަދު ރިޝްފާން، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ، ޔޫތް އެސޯސޮއޭޓްގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް އެބޭފުޅާ  އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ރިޝްފާން މިމަގާމަށް އައްޔަން ކުރައްވާފައިވަނީ 08 ފެބްރުއަރީ 2024 ގައެވެ. ރިޝްފާން މިމަގާމަށް އައްޔަންކޮށްފައިވަނީ އިހަވަންދޫ އިޖްތިމާއީ މަރުކަޒު ހިންގަވާ ބޭފުޅެއްގެ ގޮތުގައެވެ.

މުޙައްމަދު ރިޝްފާނަކީ އިހަވަންދޫ ކައުންސިލް މެމްބަރ ފާތިމަތު ޝަނީޒާގެ ފިރިކަލުންނެވެ. އިހަވަންދޫ ކައުންސިލްގެ މުނިސިޕަލް މަސައްކަތުގެ ކުނިނެގުމުގައި މަސައްކަތު މީހެއްގެ ވަޒީފާގައި ހުއްޓައި 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ރިޝްފާން ވަނީ، މަސައްކަތަށް ފަރުވާކުޑަކުރުމާއި މަސައްކަތަށް ހާޒިރު ނުވުމުގެ އިތުރުން ކުނިނެގުމުގެ ހިދުމަތް ލަސްވެ ކަސްޓަމަރުންގެ ޝަކުވާލިބޭކަމަށްބުނެ ވަޒީފާއިން ވަކިކޮށްފައެވެ. އެއީ ސިޔާސީ ގޮތުންކުރި ކަމެއްކަމަށްބުނެ އޭރުގެ ކައުންސިލަށް ވަރަށްބޮޑަށް  ފާޑުކިޔުން އަމާޒްވިއެވެ.

ރިޝްފާން ފާހަގަކުރެވެނީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެގޮތުން މިހާރުކުރިޔަށްދާ އިމަގު ޣާޒީ ކަޕްގައިވެސް ރިޝްފާން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޚިޔާލު ފައުޅުކުރުން

މަރުޙަބާ ރިޗޫ
ސިޔާސީ މަގާމުތަކުގެ އަދަދު ވަކި މިންވަރަކަށް ހިފަހެއްޓުމަށް ގާނުނަށް އިސްލާހުކުރަންޖެހޭ
ޚަރަދު ކުޑަކުރަން ސިޔާސީ މަގާމްތަކަށް އިތުރަށް މީހުން އައްޔަން ނުކުރާނަން: ރައީސުލްޖުމްހޫރިއްޔާ