ހއ. އިހަވަންދޫ ރޯޒް އިބްރާހިމް ހާމިދު، މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އަރޓްސްގެ، ޕޮލިޓިކަލް ޑައިރެކްޓަރގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް އެބޭފުޅާ އައްޔަން ކުރައްވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ހާމިދު މިމަގާމަށް އައްޔަން ކުރައްވާފައިވަނީ 07 ފެބްރުއަރީ 2024 ގައެވެ.
ހާމިދު ފާހަގަކުރެވެނީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އިހަވަންދޫގައި މިވަގުތު ހުރި އެއްމެމޮޅު މިޑްފީލްޑްކުޅުންތެރިޔަކީ ފަސްޓް ޑިވިޝަނުގައި، ގްރީން ސްޓްރީޓްއަށް ކުޅެމުން އަންނަ ހާމިދުކަމާއިމެދު ދެބަސްވާނެ މީހުން މަދުވާނެއެވެ. އިހަވަންދޫގެ ޓިމެއްކަމަށްވާ އެންވީކޭ އެއް ތަނބު ކަމަށްވާ ހާމިދުވަނީ މިމަހުގެ 17 ވަނަ ދުވަހު ނިމުނު އިމަގު ޣާޒީ ކަޕްވެސް އެންވީކޭއާއި އެކު ކާމިޔާބުކޮށްފައެވެ.