ލައިސަންސް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ހުރަސްއެޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

.

އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ހުރަސް އެޅުމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލާގައި ހައްޔަރު ކޮށްފައިވާ  41 އަހަރުގެ މީހާ ނިސްބަތްވަނީ އިހަވަންދޫއަށެވެ. ފުލުހުން ބުނީ އެމައްސަލަ ތަހުޤީގުކުރަމުން ދާކަމުގައެވެ.

ރޭގެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރު ކޮށްފައިވާ ސަރަހައްދަށް ރަސްމިއްޔާތު ފެށުމުގެ 15 ވަރަކަށް މިނެޓްކުރިން ލޮރީއެއް ހުރަސްކޮށް އާނމުންގެ މީހަކު ހުރަސް އަޅާފައިވާތީ، ރޭގެ ގެ ރަސްމިއްޔާތު 20:15 ގައި ފެށުމަށް ހަމަޖެހިފައިވާނަމަވެސް ރަސްމިއްޔާތު ފެށިފައިވަނީ 20:40 ހާއިރުއެވެ. ރަސްމިއްޔާތު ފަށާފައިވަނީ ރަސްމިއްޔާތުގައި ބޭނުންކުރަން ހަރުކޮށްފައިވާ ބެނާތަކާއި، ޕޯޑިއަމް އަދި ސައުންޑު ލޮރީއާ ދުރަށް ޖެއްސުމަށް ފަހުއެވެ.