ރައްޔިތު ބައްދަލުވުން ބާއްވާތަން ބަދަލުކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން ބޭއްވުމަށް ހަމަޖެއްސި ރައްޔިތު ބައްދަލުވުން ބާއްވާތަން ބަދަލުކޮށް، ސުވާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކުރިން ރައްޔިތު ބައްދަލުވުން ބާއްވަން ހަމަޖެއްސީ އިހަވަންދޫ ސްކޫލްގައެވެ. ނަމަވެސް މިހާރު އެބައްދަލުވުން ބާއްވަން ހަމަޖައްސާފައިވަނީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. މިއީ ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107-1 ވަނަ މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެމަތިން ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުމެވެ. މިރޭގެ ބައްދަލުވުން ފަށާނީ 20:15 ގައެވެ.

ލާމަރުކަޒީ ގާނޫނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބުރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހެއެވެ.

މިރޭގެ ބައްދަލުވުމުގައި ސުވާލުހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ ލިންކްގައިވާ އޮނިލައިން ފޯމް ފުރައިގެން ސުވާލު ފޮނުވޭނެއެވެ.

ލިންކް