އަންނަ ޑިސެމްބަރު މަހު 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި 44 ވަނަ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތަށާއި އެމުބާރާތުގައި ބައިވެރިވާ ޕޯލްސްޓަރގެ ވޮލީ ޓީމަށް ޙަރަދު ކުރާނެ ފައިސާ ހޯދުމަށްޓަކައި މުބާރާތް އިންތިޒާމުކުރާ ކުލަބު ޕޯލްސްޓަރ އިން ކާނިވަލެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.
މިރެއާއި މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިކާނިވާގެ ހަރަކާތްތައް މިރޭ 8:15 ގައި އިހަވަންދޫ ހުރަވީ ދަނޑުގައި ފެށޭއިރު ވިޔަފާރި ސްޓޯލުތަކާއި ކެންޓީނު އަދި ބިރުވެރި ހޮހޮޅައިގެ އިތުރުން ކުޅިވަރު ސްޓޯލްތައް މިކާނިވާގައި ހިމޭނޭނެ ކަމަށް ކުލަބު ޕޯލްސްޓަރއިން ހާމަކުރެ އެވެ.
44 ވަނަ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތަށާއި އެމުބާރާތުގައި ބައިވެރިވާ ޕޯލްސްޓަރގެ ވޮލީ ޓީމަށް ޙަރަދު ކުރާނެ ފައިސާ ހޯދުމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު އެކުލަބުން ކުރިއަށް ގެންދިޔަ މަސައްކަތު ދުވަހު 23000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އިހަވަންދޫގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށް ޕޯލްސްޓަރ އިން ބުނެއެވެ.