އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް އަފާ އަދި ޝައިހާ ހޯދައިފި

މުޙައްމަދު އަކުރަމް

2023-2022 ވަނަ ދިރާސީ އަހަރު އިހަވަންދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އައިޝަތު އަފާ އަޝްރަފް އަދި ފާތިމަތު ޝައިހާ އަބުދުލް ސައްތާރު ހޮވިއްޖެއެވެ. ފާތިމަތު ޝައިހާ އަބުދުލް ސައްތާރު ހުރިހާއި ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވިފައިވަނީ ޘާނަވީ ބައިންނެވެ. މަތީ ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ އައިޝަތު އަފާ އަޝްރަފް އެވެ.

2023-2022 ވަނަ އަހަރު އިހަވަންދޫ ސްކޫލްގެ ހުރިހާގޮތަކުން އެންމެ ރަނގަޅު ސްކައުޓް “ބެސްޓް އޯލް ރައުންޑް” ސްކައުޓަކަށް ހޮވިފައިވަނީ އައިޝަތު ހަޝްމާއެވެ.  އަދި ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ސްކައުޓަކަށްވެސް ހޮވިފައިވަނީ އައިޝަތު ހަޝްމާއެވެ.  ހުރިހާގޮތަކުން އެންމެ ރަނގަޅު ކެޑޭޓް ، ބެސްޓް އޯލް ރައުންޑް ކެޑޭޓަކަށް ހޮވިފައިވަނީ އައިޝަތު ޒާރާ އަހްމަދު ޒިރާންއެވެ. ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ކެޑޭޓަކަށްވެސް ހޮވިފައިވަނީ  އައިޝަތު ޒާރާ އަހްމަދު ޒިރާންއެވެ. ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ގާލް ގައިޑަކަށް ހޮވިފައިވަނީ  ފާތިމަތު އުލްޔާ މުހައްމަދުއެވެ. ހުރިހާގޮތަކުން އެންމެ ރަނގަޅު ގާލް ގައިޑަކަށް “ބެސްޓް އޯލް ރައުންޑް ގާލް ގައިޑަކަށް” ހޮވިފައިވަނީ އައިމިނަތު އާލާ އަބުދުލް ސަލާމްއެވެ.

މިރޭ އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލް އިމާރާތުގައި ބޭއްވި އެސްކޫލްގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަހްމަދު މުހައްމަދެވެ.