ޝެއިހް އާދަމް ބަޝީރުގެ ދަރުސް ޕްރޮގްރާމެއް ކުރިޔަށްގެންދަނީ

.

އައްޝައިޚް އާދަމް ބަޝީރުގެ ދަރުސް ޕްރޮގްރާމެއް މާދަމާއިން ފެށިގެން ކުރިޔަށްގެންދަން އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. މިއީ ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ކުރިން ކައުންސިލުން ކުރިޔަށްގެންދާ ދަރުސް ޕްރޮގްރާމެކެވެ.

މިޕްރަގްރާމްގެ ދަށުން ޝައިޚް އާދަމް ބަޝީރުގެ 3 ދަރުހެއް ކުރިޔަށް ގެންދާނެއެވެ. މާދަމާ އަޞުރު ނަމާދަށްފަހު މަސްޖިދުއް ތައުބާގައި މިސްކިތުގައި ސެއިޚް މިސްކިތު ދަރުސްއެއް ދެއްވާއިރު މާދަމާ ރޭ މި ޕްރޮގްރާމްގައި ހިމެނޭ ބޮޑުދަރުސް ދެއްވާނެއެވެ. ބޮޑު ދަރުސް އޮންނާނީ މާދަމާ ރޭ 20:15 ގައި އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީއެވެ. މި ޕްރޮގްރާމްގެ ދަށުން ޝެއިޚް ދެއްވާ ފަހު ދަރުސް ދެއްވާނީ ހޮނިހިރު ދުވަހުގެ މެންދުރު ނަމާދަށްފަހު މަސްޖިދުއް ތަޢާވުންގައެވެ.

ޝައިޚް އާދަމް ބަޝީރު ދެއްވާ ބޮޑުދަރުސް ހުކުރު ދުވަހުގެ ރޭ ބާއްވާއިރު އެދަރުސް ދެއްވަނީ “ހޭލާށޭ” ގެ ނަމުގައެވެ.