8 ޓީމަކާއިއެކު ޑަބުލިޔުޑީސީގެ ކެއްކުމުގެ މުބާރާތް މިރޭ

.

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން ބާއްވާ ކެއްކުމުގެ މުބާރާތް މިރޭ އޮންނާނެއެވެ. މިއީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް 2022 ވަނަ އަހަރުން ފެށިގެން އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން ބާއްވަމުންއަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގައި 8 ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ އިހަވަންދޫ ކައުންސިލް، އާމިނާދިޔޯ ސިއްޙީމަރުކަޒު، ފެނަކަ އިހަވަންދޫ ބްރާންޗް، އިހަވަންދޫ ޕޮލިސް ސްޓޭޝަން، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)، ކްލަބް ޕޯލްސްޓަރ އަދި އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް އަދި އިހަވަންދޫ ބިޒްނަސް ސެންޓަރު ގުޅިގެން ހަދާފައިވާ ޓީމެވެ. މިމުބާރާތް ކުރިޔަށްދާނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތިން އިހަވަންދޫ ބަނދަރުގައެ.

މިދިޔަ އަހަރު ބޭއްވި ކެއްކުމުގެ މުބާރާތުން އެއްވަނަ ހޯދީ އާމިނާދިޔޯ ސިއްޙީމަރުކަޒެވެ. މިރޭ 20:30 ފަށާ މިމުބާރާތް މިނޫހުގެ ޝޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުން ލައިވް ކުރާނެއެވެ.