ޝުޖާޢު، އެޑިއުކޭޝަން މިނިސްޓްރީގެ ނައިބަކަށް އައްޔަންކުރައްވައިފި

.

ހއ. އިހަވަންދޫ ހަނދުވަރީނާޒް މުޙައްމަދު ޝުޖާޢު، މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ، ނައިބެއްގެ މަޤާމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ޝުޖާޢު  އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަޤާމަށް ޝުޖާޢު އައްޔަން ކޮށްފައުވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ޝުޖާޢު އަކީ އިހަވަންދޫ ސްކޫލްގެ މުދައްރިސެކެވެ. އަދި މީގެއިތުރުން އިހަވަންދޫ ކްލަބް ޕޯލްސްޓަރގެ ރައީސްވެސް މެއެވެ. ޝުޖާޢު އަކީ އިޖްތިމާއީ އަދި ސިޔާސީ ހަރަކާތްތަކުން އިހަވަންދޫގައި އެންމެ ފާހަގަކޮށްލެވޭ އެއްފަރާތެވެ.

ޝުޖާއުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ 22 ބޭފުޅަކު ތިއްބަވައެވެ. އޭގެ ތެރޭގައި މިނިސްޓްރުގެ ނައިބުންގެ ގޮތުގައި އައްޔަން ކޮށްފައިވާ 10 ފަރާތެއް ހިމެނެއެވެ.