Banner Image Description

44 ވަނަ ޤައުމީ ވޮލީމުބާރާތުގެ އަންހެން ޑިވިޝަނުގެ ގުރުއަތުލައިފި

ޢަބުދުﷲ ޙަމީދު

4 ވަނަ ޤައުމީ ވޮލީމުބާރާތުގެ އަންހެން ޑިވިޝަނުގެ ގުރުއަތުލައިފި އެވެ. ހއ. އިހަވަންދޫގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ގުރުއަތުލާފައި ވަނީ އިއްޔެ އެވެ.

ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިގެން ދިޔައީ  މިމުބާރާތް ބޭއްވުމަށް އިހަވަންދޫ ޕޯލްސްޓަރ އިން ހުށައެޅި ޕުރޮޕޯސަލް ކާމިޔާބު ވުމާއި ގުޅިގެންނެވެ.

3 ޑިސެމްބަރ 2012 ން 13 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމުލަ 7 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ، ކުލަބު ޕޯލްސްޓަރ( ހއ. އިހަވަންދޫ) ، ޕޮލިސް ކުލަބު (ކ. މާލެ)، އިހަވަންދޫ މަސްވެރިންގެ ގުޅުން (ހއ. އިހަވަންދޫ) ، މުރައިދޫ އެކުވެރިންގެ ރޫހު (ހއ. މުރާދޫ) ، ކުލަބު ހުވާސް (ހދ. ނޮޅިވަރަމް)، ފިނޭ ވޮލީޓީމް (ހދ. ފިނޭ)، ވިދާ ޖަމިއްޔާ (ހއ. ވަށަފަރު) އެވެ.

މުބާރާތުގެ ޝެޑިއުލަށް ބަލާއިރު މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރާއި ރޭގަނޑެވެ.