ހޯރަފުށި އެއާޕޯޓް އިންޓަނޭޝަނަލް ކުރަނީ

މުޙައްމަދު އަކުރަމް

ހއ. ހޯރަފުށި އެއާޕޯޓް އިންޓަނޭޝަނަލްކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހެން ވިދާޅުވީ އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ވިޓޯލް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ސައީދު ވިދާޅުވީ ފިއުލް ސްޓޯރޭޖް އިހަވަންދިއްޕޮޅުގައި ގާއިމް ކުރަނީ ބަންކަރިން ޕްރޮޖެކްޓަށް އިތުރު ސަޕޯޓެއް ދިނުމުގެ ގޮތުން ކަމަށެވެ.

ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި އުޅަނދުފަހަރު ރިޕެއާކޮށް މެއިންޓެއިންކުރުމުގެ ހިދުމަތް ފަދަ އެކި ޕްރޮޖެކްޓުތަކާއި ހޯރަފުށި އެއާޕޯޓު އިންޓަނޭޝަނަލްކުރުން ފަދަ ޕްރޮޖެކްޓުތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އިހަވަންދިއްޕޮޅުގައި ކަމާ ގުޅުން ހުރި އިތުރު ޕްރޮޖެކްޓުތައް ހިންގުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއާޕޯޓް 2020 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ހޯރަފުށީ އެއާޕޯޓްގައި އޮންނަނީ 1200 މީޓަރުގެ ރަންވޭއެކެވެ.

ޚިޔާލު ފައުޅުކުރުން

އިމްޓަރނޭޝަނަލް އެއަރޕޯޓް އަޅަނީ ކުރިން އައިހެވަންގަ ޕުލޭނުކޮށްފަ އޮތް ގޮތަށް މާފިނޮޅުގަ.. ހޯރަފުށީގަ މިހާރު އޮތް އެއަަރޕޯޓު އެރަށަަށް ބިމުގެ ގޮތުގަ އިތުރުކޮށްދީފަ އިންޑަސްޓްރިއަލް ސަރަހަށްދަކާ ރޯ ހައުސްތައް އަޅާގޮތަށް..