ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާރޓްނަރަކަށް މިއަހަރުވެސް "އިހަވަންދޫ.ކޮމް"

މުޙައްމަދު އަކުރަމް

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާރޓްނަރަކަށްވެސް “އިހަވަންދޫ.ކޮމް” ހަމަޖައްސައިފިއެވެ.

މިއީ ސާކް އިން މިމުބާރާތް ބާއްވާ 2 ވަނަ އަހަރެވެ. އަދި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައެއްނުލައެވެ. މިމުބާރާތް މިއަހަރުގެ މޭ މަހުގެ 10 ވަނަ ދުވަހު ފަށާނެކަމަށް އެކްލަބުން ވަނީ ހާމަކޮށްފިއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ މީޑިއާ ޕާރޓްނަރަކީވެސް އިހަވަންދޫ.ކޮމް އެވެ. މިމުބާރާތާއިގުޅޭ ހަބަރުތަކާއި މައުލޫމާތު އަދި ޓީމްތަކުންވަމުންދާ  ތައްޔާރީތައް، މިނޫސް މެދުވެރިކޮށް ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދެވޭނެއެވެ.

ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ސަރުކާރުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، ކުންފުނި އަދި ރިސޯޓްތަކުގެ އިތުރުން އިހަވަންދޫގެ ސާކް ކްލަބްގައި ރަޖިސްޓްރީވެފައިވާ އިހަވަންދޫގެ ޓީމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިމުބާރާތަކީ ބޮޑު ތިލަދުންމަތީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ދޭ ފައިސާގެ އިނާމުވަނީ 25 ހާހުން 30 ހާސް ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމުވަނީ 7 ހާހުން 10 ހާސް ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިދިޔަ އަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވީ 10 ޓީމެކެވެ. އެއީ އިހަވަންދޫއަށް ނިސްބަތްވާ އެންވީކޭ، ޔުނައިޓެޑް ޔޫތް، ސެންސިޓީ، އެފްސީ ބޮޑުމަގު، ކްލަބް އިރަމާ އަދި ކުޅިމުގެ އިތުރުން ޓީމް ހަނިމާދޫ، ޓީމް ނާވާދޫ، މާރަންދޫ ޔޫތް ސޮސައިޓީ އަދި ޖޭއޭ މަނަފަރު އެފްސީއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޔުނައިޓެޑް ޔޫތެވެ.