ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާ އިން ވޯޓު ލުމުގެ ހައްޤު ލިބިފައިވަނީ 3457 މީހުންނަށް

މުޙައްމަދު އަކުރަމް

އަންނަ މަހުގެ 21ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއިން ވޯޓު ލުމުގެ ހައްޤު ލިބިފައި ވަނީ ޖުމުލަ 3457 މީހުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ލިސްޓުން ދައްކައިފިއެވެ.

މިއީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއިން ވޯޓު ލުމުގެ ހައްޤުލިބުނު އަދަދަށްވުރެ 262 މީހުން އިތުރު އަދަދެކެވެ. އިހަވަންދޫ ދާއިރާގައި ހިމެނޭ އިހަވަންދޫ، މޮޅަދޫ އަދި މާރަންދޫގެ ތެރެއިން ވޯޓު ލުމުގެ ހައްޤު ލިބިފައިވާ 2425 މީހުން އިހަވަންދޫ ގައި ތިބިއިރު، މޮޅަދޫގައި ތިބީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ 303 މީހުން ނެވެ. އަދި މާރަންދޫއިން މިއިންތިހާބުގައި ވޯޓުލުމުގެ ހައްޤުލިބިފައި ވަނީ 729 މީހުން ނަށެވެ.

ރައްޔިތުންމަޖިލިސް އިންތިހާބު 2019 ގައި އިހަވަންދޫ ދާއިރާއިން ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 3195 މީހުންނަށެވެ. އަދި ރައްޔިތުންމަޖިލިސް އިންތިހާބު 2014 ގައި އިހަވަންދޫ ދާއިރާއިން ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 2838 މީހުންނަށެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރަނީ އާރިފް އަދި ނަސީރުއެވެ. މިއީ އައު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ބާއްވާ ބަރުލަމާނުގެ އިންތިހާބެއްގައި އިހަވަންދޫ ދާއިރާއަށް އެންމެ މަދުން ކެނޑިޑޭޓުން ވާދަކުރާ ފަހަރެވެ.