ރިޔާސީ ޕޯލް ރީސެޓް ކުރުމަށްފަހު އަލުން ހުޅުވާލުން

.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިހަވަންދޫޑޮޓްކޮމްގެ ކިޔުންތެރިންގެ ތާޢިދު އޮތް ކެނޑިޑޭޓެއް ބެލުމުގެ ބޭނުމުގައި އިހަވަންދޫޑޮޓޮކޮމްގެ ފަރާތުން މީގެ 4 ދުވަސް ކުރިން ހުޅުވާލެވުނު ޕޯލް މިރޭ 7:25 ހުން ފެށިގެން އަލުން ރިސެޓުކޮށް ހުޅުވާލައިފީމެވެ.

މިގޮތަށް ޕޯލްގެ ނަތީޖާ ރިސެޓު ކުރަން ޖެހުނީ ޕޯލް ލެވިފައިވާ ގޮތުން އެއްކޮމްޕިއުޓަރަކުން އެއްފަހަރަށްވުރެ ގިނަ ފަހަރަށް ޕޯލް އަށް ވޯޓުދެއްވާ ކަމަށް ފާހަގަ ކުރެވުމާއި އެކު އަޅުގަނޑުމެން ޕޯލް ހުޅުވާލި މައިގަނޑު މަޤުޞަދު ހާސިލް ނުވާނެ ކަމަށް ފެންނާތީ އެވެ.

އިހަވަންދޫޑޮޓްކޮމް އިން ހުޅުވާލި ޕޯލް އާއި އެކު އިހަވަންދޫޑޮޓްކޮމް އަށް ލިބިގެންދިޔަ ހިޓްސްގެ ޢަދަދު އެތައް ގުނައެއް އިތުރުވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ. ކިޔުންތެރިން ޕޯލް އަށް ދެއްވި ތަރުޚީބަށް ޝުކުރުއަދާކުރަމުން އަޅުގަނޑުމެން މިފަހަރު މިހުޅުވާލި ޕޯލް އަށްވެސް އެފަދަ ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ.

ކުރީގެ ޕޯލްގައި ކޮންމެ ދުވަހަކު އެއްފަހަރު ޕޯލް އަށް ވޯޓު ދެއްވޭ ގޮތަށް އިންނަމަވެސް، މިފަހަރުގެ ޕޯލްގައި ކޮންމެ ކޮމްޕިއުޓަރަކުންވެސް ވޯޓު ލެވޭނީ އެއްފަހަރު އެވެ.

އަޅުގަނޑުމެން މިހުޅުވާލި ޕޯލް ބަންދުކުރުމަށް ނިންމާފައިވާ ތާރީޚަކީ 5 ސެޕްޓެމްބަރ 2013 ވާ ބުރާސްފަތި ދުވަހުގެ މެންދަމު 12:00 އެވެ.

މިއަދު ޕޯލް ރިސެޓު ކުރުމާ ހަމައަށް އެއް ކޮމްޕިއުޓަރަކުން “ކެޗް” ކުލިއަރ ކޮށްގެން ތަފާތު އެތައް ފަހަރަކު ވޯޓު ދީފައިވާކަން ފާހަގަ ކުރެވެއެވެ. ޕޯލް ރިސެޓު ކުރުމާ ހަމައަށް ވޯޓު ލިބިފައިވާ ގޮތަކީ:

  1. ޤާސިމް އިބުރާހިމް : 20696
  2. ވަޙީދު ހަސަންމަނިކު: 9
  3. ޢަބުދުﷲ ޔާމީން: 2540
  4. މުޙައްމަދު ނަޝީދު : 9046