އިމަގު ފަންސަތިރީސް ވެޓެރަންސް ފުޓްސަލް ޓޯނަމެންޓްގެ ފައިނަލް މިރޭ، ބައްދަލުކުރާނީ ޗާލީ އަދި ޓީމް ޑެޑީސް

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ކުރިޔަށްގެންދާ އިމަގު ފަންސަތިރީސް ވެޓެރަންސް ފުޓްސަލް ޓޯނަމެންޓް މިރޭ ކުޅޭނެއެވެ. މިމުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ޗާލީ އަދި ޓީމް ޑެޑީސްއެވެ. އިމަގު ފަންސަތިރީސް ވެޓެރަންސް ފުޓްސަލް ޓޯނަމެންޓަކީ، އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ފުރުސަތުދީގެން، އިމަގުން މުޅިން އަލަށް ފަށާފައިވާ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދަނީ އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިން 6 ޓީމަކަށް ބަހާލައިގެންނެވެ. މިފަހަރުގެ މުބާރާތަށް ކުޅުންތެރިން ބަހާލާފައިވާ ޓީމް ތަކަކީ މަންދާރަ، ޗާރލީ، ޓީމް ޑެޑީސް، ކަލްމިންޖާ، ބެރެބެދި އަދި މުކައްބާއެވެ.

މިރޭގެ ފައިނަލް މެޗް ފަށާނީ 21:30 ގައެވެ. މިރޭގެ މެޗް އިހަވަންދޫ.ކޮމް ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލައިވް ކުރާނެއެވެ.