ނޫރު މަދަހަ މުބާރާތުގެ އެއްވަނަ ހަސަން ޝިޔާމް އަށް

މުޙައްމަދު އަކުރަމް

މޮޅަދޫ ކައުންސިލާއި، މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، މޮޅަދޫ ސްކޫލް އަދި ހއ އިހަވަންދޫ ފޮޓޯ ކްރައުން ގުޅިގެން ކުރިއަށް ގެންދިޔަ ނުރޫ މަދަހަ މުބާރާތުގެ އެއްވަނަ މޮޅަދޫ ބަގީޗާގެ ހަސަން ޝިޔާމް ހޯދައިފިއެވެ.

މިމުބާރާތުގެ އެއްވަނަ  ޝިޔާމް ހޯދީ މިމުބާރާތުގައި ބައިވެރިވި އުމުރުފަރާތަކުން، ކޮންމެ އުމުރުފުރައެއްގެ ގަދަ 3 ވަނާގައި ހިމެނޭ ބައިވެރިންގެ މެދުގައި ރޭ ކުރިޔަށް ގެންދިޔަ ފައިނަލް ރައުންޑްއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިގެންނެވެ. މިމުބާރާތުން އެއްވަނަ ހޯދި ހަސަން ޝިޔާމްއަށް 2500ރ ގެ ފައިސާގެ އިނާމެއް ދީފައިވާއިރު، މިމުބާރާތުން ދެވަނަ ހޯދި މުހައްމަދު ނިޝާންއަށް 1500ރ އަދި މުބާރާތުން 3 ވަނައަށްދިޔަ ސަރާ އަޙްމަދު ޖިނާޙްއަށް 1000ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

މިމުބާރާޔް ކުރިޔަށް ގެންގޮސްފައިވަނީ 4 އުމުރު ފުރަޔަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 16 އަހަރުން މައްޗެވެ. މިމުބާރާތުގައި އެކި އުމުރުފުރާތަކުން ޖުމުލަ 63 ބައިވެރިން މަދަހަ ހުށަހަޅާދީފައިވެއެވެ.