ތިން މުގޯލި މުބާރާތުގެ ތަށި ތިން ވަނަ ފަހަރަށް ޖަންގަލިން ހިއްލާލައިފި

ޢަބްދުލްމާނިޢު ޙުސައިން

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ގެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ތިން މުގޯޅި މުބާރާތުގެ ފައިނަލްގައި ޓީމް މުލައްދަނޑި ބަލިކޮށް ވިދިވިދިގެން ތިން ވަނަ ފަހަރަށް މުބާރާތުގެ ތަށި ޖަންގަލް ޑާރކް ޕޮއިންޓުން ހިއްލާލައިފި އެވެ.

ފައިލް މެޗްގައި ޖަންގަލް ޑާރކް ޕޮއިންޓުން 31 އެއްލަނޑު ހަދައި ބޯނަސް އެއް ސެޓް ހޯދި އިރު، ޓީމް މުލައްދަނޑި އަށް ހެދުނީ 20 ލަނޑެވެ.

ފާއިތުވި ދެ އަހަރު ވެސް ތިން މުގޯޅު މުބާރާތް ކާމިޔާބުކޮށްފައި ވަނީ ޖަންގަލް ޑާރކް ޕްއިންޓެވެ. ފައިނަލް މެޗް ކުޅުނީ އިއްޔެ އެވެ.