މުހައްމާ، ނަސީރަށް ތާއީދުކުރާކަން ހާމަކޮށްފި

.

ކުރިޔަށްއޮތް މަޖިލިހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ގައި ވާދަކުރާ އަހްމަދު ނަސީރުއަށް ތާއިދުކުރާކަން،  މުހައްމަދު އަބުދުﷲ މުހައްމާ އިއުލާންކޮށްފިއެވެ. މުހައްމާ އެކަން ހާމަކޮށްފައިވަނީ ރޭ އިހަވަންދޫ ބޮޑުތަކުރުފާނު މާލަމްގައި ބޭއްވި ޖަލްސާގައެވެ. އިހަވަންދޫ ދާއިރާގެ  ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ޕްރައިމަރީގައި މުހައްމާއަށްވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެވެ.

ރޭގެ ޖަލްސާގައި މުހައްމާ ފާހަގަކުރި ގޮތުގައި، އައު ޤާނޫނު އަސާސީ އައިފަހުން ބޭއްވި ބަރުލަމާނީ އިންތިހާބެއްގައި އެހެން ބޭފުޅަކަށް އެބޭފުޅާ ތާއީދުކުރާ މިއީ ފުރަތަމަ ފަހަރެވެ. “އަޅުގަނޑުގެ ހިތަށް ވަރަށް އެހެންކަހަލަ އިހްސާތަކެއް މިރޭ އާދޭބަ” މުހައްމާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. މުހައްމާވަނީ 2009، 2014 އަދި 2019 ގެ މަޖްލިސް އިންތިހާބުގައި ވާދަކޮށްފައެވެ. 2014 ވަނަ އަހަރު ބޭއްވި މަޖްލިސް އިންތިހާބު ކާމިޔާބުކޮށް އިހަވަންދޫ ދާއިރާގެ މެމްބަރުކަންވެސް ކޮށްފައެވެ. އެހެންކަމުން އައު ޤާނޫނު އަސާސީގެ ދަށުން ބާއްވާ ރައްޔިތުންގެ މަޖްލީހުގެ އިންތިހާބެއްގައި މުހާއްމާ ވާދަނުކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.

ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން މިއަދު ބޭއްވި ޕްރައިމަރީ ނަސީރު ކާމިޔާބުކުރީ 668 ވޯޓް ހޯދައިގެންނެވެ. މުހައްމާއަށް 571 ވޯޓް ލިބުނުއިރު ދެން ވާދަކުރި ހާޝިމްވަނީ 518 ވޯޓް ހޯދާފައެވެ.

ޚިޔާލު ފައުޅުކުރުން

ޖފ