Banner Image Description

މައިކަޕް 2012 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ސްޕޯރޓްސް ކުލަބާއި މަޝްހޫރު ފިލްމީތަރި އަލްފާޟިލް މުޙައްމަދު ޢަބުދުﷲ (މުހައްމާ) ގުޅިގެން މައިކަޕް 2012 ގެ ނަމުގައި މިއަހަރުވެސް ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައި އެމުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިހަވަންދޫ ސްޕޯރޓްސް ކުލަބުން ހާމަކުރާގޮތުގައި ހއ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ޑިސެމްބަރ 2012 އިން ފެށިގެންނެވެ.

މައިކަޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މިފެށޭ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ 8:00 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވާ ވާކަމަށް ސްޕޯރޓްސް ކުލަބުން ހާމަކުރައްވައެވެ.

ސްޕޯރޓްސް ކުލަބުން ހާމަކޮށްފައިވާ ގޮތުގައި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި އެކު -/1500 ރ. ގެ ޗަންދާއެއް އެކުލަބަށް ހުށައަޅަން ވާނެއެވެ. މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 7556422، 7989671އަށް ގުޅުއްވުމުން ފޯރުކޮށްދޭނޭ ކަމަށް ސްޕޯރޓްސް ކުލަބުން ހާމަކުރައްވައެވެ.