ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ ނަސްރަތު ހޯދައިފި

މުޙައްމަދު އަކުރަމް

ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ އައިމަނަތު ނަސްރަތު އަލިދޯދި، ހއ. އިހަވަންދޫ ހޯދައިފިއެވެ. މިމުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ އޮތީ މިއަދު ހަވީރު އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައެވެ.

ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް ހއ. އިހަވަންދޫގައި އުފެއްދުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ 3 އަދި 4 ވަނަ ދުވަހުއެވެ. މިއީ އިހަވަންދޫގައި މެދުނުކެނޑި ކުރިޔަށްދާތާ އެންމެ ގިނަދުވަސްވީ ޤުރުއާން މުބާރާތެވެ.

މިމުބާރާތުގެ 1 ވަނަ އަށް ހޮވުނު ނަސްރަތަށް ބެލެނިވެރިޔަކާއިއެކު އުމުރާ ދަތުރެއްވަނީ ދީފައެވެ. މިމުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިރަށު ރަށްމެދުގޭ އަޙްމަދު ނަސީރުއެވެ. މިމުބާރާތުން 3 ވަނަ އައިޝަތު މައިހާ މާހިރު، ރަށްމެދުގެ ހޯދިރު ދެވަނަ ހޯދީ އައިޝާ ޔާސިރު، ދޭލިޔާގެއެވެ.